ކާރިސާތަކަށް ތައްޔާރުވުން
ކާރިސާތަކުގައި މީހުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމަށް އެންމެ ބޮޑަށް އެހީވެދެނީ ދުރާލާ ތައްޔާރުކަން އިތުރުކުރުމެވެ. ކާރިސާތަކަށް ތައްޔާރުކަން އިތުރުކުރުމަށް ފަރުދީފެންވަރުގަޔާއި، ޢާއިލީ ފެންވަރުގަޔާއި، ރަށުފެންވަރުގައި އެޅިދާނެ ފިޔަވަޅުތައް ދެނެގަނެ ދަސްކުރަމާ ހިނގާށެވެ. ތައްޔާރުކަމަކީ ކުރިމަތި ވެދާނެކަމަށް ލަފާކުރެވޭ ނުވަތަ ކުރިމަތިވަމުންދާ ކާރިސާއަކަށް ނުވަތަ އެނޫންވެސް ގެއްލުންދެނިވި ހާދިސާތަކަށް އެންމެ އެދެވޭގޮތުގައި ތައްޔާރުވެ އޭގެ ސަބަބުން ލިބިދާނެ ގެއްލުން ކުޑަކުރުމަށްޓަކައި ކުރިޔާލާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްމާއި ހުނަރާއި ފަންނުވެރިކަމުގެ ގޮތުން ސަރުކާރަށާއި ކަމާގުޅޭ ޖަމާޢަތްތަކަށް އަދި މުޖުތަމަޢުއާއި އާއްމު ފަރުދުންނަށް ލިބިގެން ކެރިފޯރުންތެރިކަމާއި ގާބިލްކަމެވެ.