
ދިވެހިރާއްޖޭގެ މަލްޓިހާޒާޑް އެޓްލަސް
މުސްތަޤްބަލުގެ މޫސުމީ ހާލަތުތައް ދެނެގަނެ، ރައްޔިތުންގެ ވިލުންތެރިކަން އިތުރުކޮށް، ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ހޭލުންތެރިކަން އިތުރުކުރާނެ ގޮތް ދަސްކުރަމާ ހިނގާށެވެ.
ތަފުސީލު
ކުރިމަތިވެދާނެ ކަރިސާއަކަށް ތައްޔާރުވެ ތިބުމަކީ އެފަދަ ކާރިސާއަކުން ލިބިދާނެ ނުރައްކަލުގެ ފުރުސަތު އޮތްމިންވަރު ކުޑަކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ބަޔެކެވެ. މިގޮތުން ކާރިސާއެއްގެ ޙާލަތުގައި އެންމެ ފުރަތަމަ ދޭއިޖާބައިންފެށިގެން ލިބުނު ގެއްލުމަކުން އާއްމު ޙާލަތައް ރުޖޫޢަކުރުމަށް ބޭނުންވާ ގާބިލްކަން ދެމެހެއްޓެނިވިގޮތެއްގައި އުފެއްދޭނީ ކާރިސާތަކަށް ވިލުންތެރިކަން އިތުރުކުމަށް ބޭނުންވާ އިލްމާއި، ހޭލުންތެރިކަމާއި ހުނަރު ދަސްކޮށްގެނެވެ. މީގެއިތުރުން ކޮންޓިންޖެންސީ ޕްލޭނާއި ކާނާއާއި ބޯފެން ރައްކާކޮށް ގުދަންކުރުމާއި މައުލޫމާތު ފެތުރުމާއި ކާރިސާއެއްގެ ހާލަތުގައި މީހުން އެއްތަނުން އަނެއްތަނަށް ބަދަލުކުރުން އަދިމިދެންނެވި އެންމެހާކަންކަން ހިންގާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުނަރުތައް ދުރާލާ ފަރިތަކޮށް ދަސްކުރުމަކީ ވަރަށް މުހިއްމުކަމެކެވެ.
މުސްތަޤްބަލުގެ މޫސުމީ ހާލަތުތައް ދެނެގަނެ، ރައްޔިތުންގެ ވިލުންތެރިކަން އިތުރުކޮށް، ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ހޭލުންތެރިކަން އިތުރުކުރާނެ ގޮތް ދަސްކުރަމާ ހިނގާށެވެ.
ތަފުސީލު
ރައްކާތެރިކަމާއެކު އަދި ހުޝިޔާރުވެ ތިބުމަށް ފަސޭހަ ފިޔަވަޅުތަކެއް އަޅާށެވެ. މަސްވެރިކަމަށް ދިޔަޔަސް، މުދާ އުފުލަން ދިޔަޔަސް ނުވަތަ ރަށްރަށަށް ދަތުރުކުރަން ދިޔަޔަސް، ކަނޑުމަތީގައި ކުޑަ ވަގުތުކޮޅަކަށް ހޭލުންތެރިވެލުމަކީ ވަރަށް ބޮޑު ތަފާތެއް ގެނެސްދޭނެ ކަމެކެވެ.
ތަފުސީލު