ކޮންމެ ދަތުރެއްގެ ފެށުމަކީ ތައްޔާރުކަން
ކަނޑުދަތުރުތަކަކީ ދިވެހިންގެ ދިރިއުޅުމުގެ ބައެކެވެ. ނަމަވެސް، އަހަރެމެންނަށް ނަފާ ފޯރުކޮށްދޭ މި ކަނޑަކީ މޫސުމީ ބަދަލުތަކާއި، ގަދަ ވަޔާއި، އުދަބާނި އާއި ހެދި ބައެއް ފަހަރު ދަތުރުގެ ރައްކާތެރިކަން ލަފާކުރަން އުނދަގޫ ތަނެކެވެ. ތިބާއަކީ މަސްވެރިއެއްކަމަށް ވިޔަސް، ނުވަތަ އޮޑިދޯނިފަހަރުގެ ކެޕްޓަނެއްކަމަށް ވިޔަސް، ނުވަތަ ދަތުރުވެރިއެއްކަމަށް ވިޔަސް، ކަނޑުދަތުރު ކުރާއިރު ރައްކާތެރިވާން ތައްޔާރުކަން އިތުރު ކުރާނެ ގޮތްތައް ދަސްކުރުމަކީ ރައްކާތެރި ދަތުރަކާއި ނުރައްކާތެރި ދަތުރެއްގެ މެދުގައިވާ ބޮޑު ތަފާތެވެ.
ރައްކާތެރިކަން ފެށެނީ ހޭލުންތެރިކަމުން
ކަނޑުމަތީގެ ރައްކާތެރިކަމުގެ އެންމެ މުހިންމު އެއްޗަކީ ހޭލުންތެރިކަމެވެ. މޫސުމީ އެލަރޓްތަކާއި، ތިބާގެ ސާމާނާއި، އަދި ވަށައިގެންވާ މާހައުލާ މެދުގައެވެ. ކުރިއާލާ ރޭވުންތައް ރާވައި، އަދި އަވަހަށް ފިޔަވަޅު އެޅުމުން ތިބާ އާއި، ތިބާގެ ފަޅުވެރިންނާއި، ތިބާގެ އުޅަނދުފަހަރަށް ކުރިމަތިވާ ހިރާސް ކުޑަކުރެވި، ރައްކާތެރިކަން ކަށަވަރު ކުރެވޭނެއެވެ.
ދަތުރު ފެށުމުގެ ކުރިން:
މެޓް އޮފީހުން ނެރޭ އެންމެ ފަހުގެ މޫސުމީ ނީމުތުތައް ބަލާށެވެ. ދަތުރުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތައް މޮނީޓަރު ކުރާށެވެ.
ސަލާމާތީ ސާމާނުތައް (ރޭޑިޔޯ، ޖީ.ޕީ.އެސް، ލައިފް ޖެކެޓް، ފްލެއާސް، އަދި ފަސްޓް އެއިޑް ކިޓްސް) ރަނގަޅަށް ހުރިތޯ ބަލާށެވެ. އެތަކެތި ރަނގަޅު ހާލަތުގައި ހުރިކަން އަދި ފަސޭހައިން އަތުޖެހޭނެ ގޮތަށް ހުރިކަން ކަށަވަރުކުރާށެވެ.
ކުއްލި ހާލަތުގައި ގުޅާނެ ފޯނު ނަންބަރުތައް ދަސްކޮށް ފަސޭހައިން ފެންނަން ހުންނާނެ ތަނެއްގައި ހަރުކުރާށެވެ.
މޫސުމީ އިރުޝާދުތަކަށް ތަބާވާށެވެ. މޫސުމީ އިންޒާރެއް ނެރެފިނަމަ، ހާލަތު ރަނގަޅުވަންދެން ދަތުރު ފަސްކުރާށެވެ.
މަސްވެރިންނާއި ކަނޑުދަތުރުވެރިންނަށް ގުޅޭ ހޭލުންތެރިކަމުގެ މެސެޖުތައް
ކަނޑުމަތީގައި ގިނަ ވަގުތު ހޭދަކުރާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން - ތޫފާނާއި ވައިގަދަވުމާއި ކަނޑުތައް ގަދަވުން ފަދަ ކަންކަމުގެ ސަބަބުން ތިބާއަށް ނުރައްކާ ބޮޑުވެގެންދޭ
ރާއްޖޭގައި މަސްވެރިންނާއި ކަނޑުގައި އުޅޭ ފަރާތްތަކަށް ހުރި މޫސުމާ ގުޅޭ އަރައްކާތަކަކީ ކޮބާ؟ - ވަދި ގަދަވުމާއި ކަނޑުގަދަވުން - ތޫފަނު - ގަދަ ހޫނު
މަސްވެރިއެއް ނޫނީ ކަނޑުދަތުރުކުރާ މީހެއްނަމަ: - ކަނޑަށް ނުކުތުމުގެ ކުރިން މޫސުން ލަފާކޮށްފައި އޮތްގޮތް ބަލަންވާނެ. - އުޅަނދުގައި ހުރި މުވާސަލާތީ އިމަޖެންސީ ތަކެތި ހުރީ އެންމެ ފުރިހަމަ ހާލަތުގައިތޯ އަބަދުވެސް ޔަގީން ކުރަންވާނެ.. - ކަނޑުމަތީގައި އުޅޭއިރުވެސް މޫސުން ލަފާކުރަމުންދާ ގޮތް ބަލަންވާނެ. - އުޅަނދުގައި ހުރި ހުރިހާ ފަރާތަކަށްވެސް އިމަޖެންސީގައި ގުޅާނެ ނަންބަރުތައް އިނގޭކަން ޔަގީންކުރަންވާނެ.. - މޫސުމާ ގުޅޭ ގޮތުން ނެރޭ އިންޒާރުތަކަށް ތަބާވާންވާނެ.
ދަތުރުވެރިއެއް ނަމަ ދަތުރުތައް ރާވަންވާނީ ތިރީގައިވާ ކަންކަން ބެލުމަށްފަހު: - މޫސުން ލަފާކޮށްފައި ހުރިގޮތް. - ކަމާބެހޭ އިދާރާތަކުން ނެރޭ އިއުލާންތައް. މި ގޮތުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް، ކޯސްޓް ގާރޑް، ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީގެ އިއުލާންތައް ބަލަންވާނެ.