ބިންހެލުމަކީ ކޮބާ؟
ބިންހެލުން ކަމަށް ބުނެވެނީ، ބިމުގެ އަޑީގައިވާ ފޯލްޓެއް (ކަނޑައިގެންގޮސްފައިވާ ތަނެއް) ކުއްލިއަކަށް ކައްސާލުމުން ނުވަތަ އަލިފާންފަރުބަދައެއް ގޮވުން ފަދަ ކަމެއްގެ ސަބަބުން ބިމަށް އަންނަ ކުއްލި ބަދަލަކާ ގުޅިގެން ބިންގަނޑަށް އަންނަ ގުޑުމަށާއި، އޭގެ ސަބަބުން އުފެދޭ ސީސްމިކް ހަކަތައަށެވެ. ބިންހެލުންތަކުގެ ތެރޭގައި މީހުންނަށް އިޙުސާސްނުކުރެވޭ ވަރުގެ ކުދި ލޮޅުންތަކުން ފެށިގެން، އުމްރާނީ ވަސީލަތްތައް ފުނޑުފުނޑުކޮށްލައި ސުނާމީ ފަދަ ދެވަނަ އަރައްކާތައް މެދުވެރިކުރުވާ ފަދަ ބޮޑެތި ކާރިސާތައް ހިމެނެއެވެ.
ރާއްޖެއަށް އޮތް ބިންހެލުމުގެ ހިރާސް
ރާއްޖެ އުފެދިފައިވާ ސަރަޙައްދުގެ ގޮތުން، ޓެކްޓޯނިކް ޕްލޭޓްތަކުގެ ސީދާ އަދި ބޮޑެތި ހަރަކާތްތަކުން ރާއްޖެ ރައްކާތެރިކޮށްދެއެވެ. މީގެ ސަބަބުން ރާއްޖެއަށް ބިންހެލުން އައުމަކީ މަދު އަދި އޭގެ އަސަރު ކުޑަ ކަމެކެވެ. އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އެންމެ ބޮޑެތި ގެއްލުންދެނިވި ބިންހެލުންތައް އުފެދޭ މައިގަނޑު ސަބްޑަކްޝަން ޒޯންތަކާ ރާއްޖެ އޮންނަނީ ދުރުގައެވެ. ނަމަވެސް ބިންހެލުމުގެ އަސަރުން ރާއްޖެ އެއްކޮށް ސަލާމަތްވެފައެއް ނުވެއެވެ.
ހިރާސް އުފެދެނީ ކޮންތާކުން؟
ރާއްޖެ އޮންނަނީ މުޅި ޖަޒީރާއަށް އޭގެ އަސަރު އިޙްސާސްކުރެވިދާނެ ފަދަ ޓެކްޓޯނިކް ހަރަކާތްތައް އުފެދިދާނެ ތިން ފޯލްޓް ނިޒާމެއްގެ ގާތުގައެވެ.

ބިންހެލުމަކުން ރާއްޖެއަށް ކޮށްފާނެ އަސަރުތައް
ސީދާ ރާއްޖެއަށް ގެއްލުންވާފަދަ ބިންހެލުމެއް އައުމުގެ ހިރާސް ކުޑައެވެ. އެހެންނަމަވެސް، މަދުން ނަމަވެސް ބޮޑު ބިންހެލުމެއް، ޚާއްޞަކޮށް ކާރލްސްބާރގް ރިޖަށް މެގްނިޓިއުޑް 7.0 ނުވަތަ އެއަށްވުރެ މަތީގެ ބިންހެލުމެއް އަތުވެއްޖެނަމަ، ދެކުނުގެ އަތޮޅުތަކަށް ފާހަގަކުރެވޭ ވަރަށް ލޮޅުމުގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ ސަބަބުން ކުރިމަތިވެދާނެ ކަންކަމުގެ ތެރޭގައި:
ބަލިކަށި ނުވަތަ ފެންވަރު ދަށްކޮށް ހަދާފައި ހުންނަ އިމާރާތްތަކަށް ގެއްލުންވުން
ޒަރޫރީ ޚިދުމަތްތަކަށާއި އުމްރާނީ ވަސީލަތްތަކަށް ބުރޫއެރުން
މަރާމާތުކުރުމަށާއި އަލުން ބިނާކުރުމަށް މާލީ ގޮތުން ބޮޑެތި ޚަރަދުތަކެއް ކުރަންޖެހުން
އަސަރުކުރާ މުޖުތަމަޢުތަކުގެ މީހުންނަށް ނަފްސާނީ ގޮތުން އަސަރުކުރުން
ގުޅިފައިވާ އެހެނިހެން ކާރިސާތައް — އެންމެ ނުރައްކާތެރި ކަމެއްގެ ގޮތުން، ކަނޑުއަޑިއަށް އަންނަ ބިންހެލުމެއް ނަމަ އަދި ސުނާމީއެއް އުފެދުމަށް ބޭނުންވާ ހާލަތްތައް ފުރިހަމަވާނަމަ، ސުނާމީއެއް އުފެދުން
ރާއްޖޭގެ ރަށްތަކަކީ ބިންތިރި، އެއްވަރަކަށް އޮންނަ ރަށްތަކަކަށް ވުމުން، ބިންހެލުމަކާ ގުޅިގެން އައްސޭރިފަށުގެ ކާރިސާއެއް ކުރިމަތިވެއްޖެނަމަ، ރައްކާތެރިވުމަށް އަރާނެ އުސް ބިންތަކެއް ނޯވެއެވެ. މީގެ ސަބަބުން ބިންހެލުމަށް ތައްޔާރުވެ ތިބުމާއި ސުނާމީއަށް ތައްޔާރުވެ ތިބުމާ ހުރި ގުޅުން ދެނެގަތުމާއި ހޭލުންތެރިކަން، ޚާއްޞަކޮށް ދެކުނުގެ އަތޮޅުތަކުގެ މުޖުތަމަޢުތަކަށް ވަރަށް މުހިންމެވެ.
ބިންގަނޑަށް ލޮޅުމެއް އަތުވެއްޖެނަމަ ހަދާނީ ކިހިނެއް؟
ރާއްޖޭގައި ބިންހެލުން އައުމަކީ މަދު އަދި އާންމުކޮށް ކުދި ލޮޅުންތަކެކެވެ. ނަމަވެސް އެ ވަގުތުގައާއި އޭގެ ފަހުން އަންނަ މިނެޓްތަކުގެ ތެރޭގައި އަމަލުކުރާނެ ގޮތް އެނގުމަކީ ވަރަށް ބޮޑު ތަފާތެއް ގެނެސްދޭނެ ކަމެކެވެ.
ސީސްމިކް ހަރަކާތްތައް މެދުކެނޑުމެއްނެތި ބަލައި މޮނިޓަރކުރުމަށްޓަކައި، ދުނިޔޭގެ 'ސީސްކޮމްޕް3' ނެޓްވޯކާ ގުޅިފައިވާ ދެ ސީސްމޯމީޓަރު ރާއްޖޭގައި ހުރެއެވެ. އިންޑިއާ ކަނޑުގެ ސަރަޙައްދީ ގުޅިފައިވާ ނިޒާމުތައް މެދުވެރިކޮށް، ކުރީބައިގައި އިންޒާރުދިނުމުގެ ކަންކަން ވިލަރެސްކުރެވެއެވެ. ބިންހެލުމާ ގުޅޭ ޚާއްޞަ ޤާނޫނެއް ނުވަތަ ސިޔާސަތެއް މިހާރު ނެތް ކަމުގައިވިޔަސް، މިހާރު އޮތް ހިރާސްގެ މިންވަރަށް ބަލާއިރު މޮނިޓަރކުރުމުގެ ޤާބިލުކަން އެކަށީގެންވާ ކަމަށް ބެލެވެއެވެ.
އިތުރަށް ދެނެގަތުމަށް
އިންޑިއަން އޯޝަން ސުނާމީ ވޯނިންގ ސިސްޓަމް
https://www.ioc-tsunami.org/