އުދައަރާ ފެންބޮޑުވުން
ދިވެހިރާއްޖޭގެ ރަށްރަށަށް އުދައަރާ ފެންބޮޑުވުމުގެ އަސަރުތަކާއި، އޭގެ ސަބަބުތަކާއި، އެލަރޓުތަކާއި އަދި ފެންބޮޑުވުމުގެ ކުރިންނާއި، ތެރޭގައި އަދި ފަހުން ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ ދަސްކުރަމާ ހިނގާށެވެ. ހޭލުންތެރިކަމާއި އެކު މޫސުމީ ބަދަލުތަކަށް ހޭނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން މުޖުތަމަޢު ތައްޔާރުކަން އިތުރުކޮށް ވިލުންތެރިކަން އިތުރުކުރާނެއެވެ.
އުދައަރާ ފެންބޮޑުވުމަކީ ކޮބާ؟
އުދައަރާ ފެންބޮޑުވުމަކީ ކޮޅިގަނޑުގެ ސަބަބުން އުފެދޭ އުދައާއި ގަދަވަޔާއި ދިޔަވަރުބޮޑުވާ ވަގުތާއި ދިމާވެގެން އަރާ އުދަބާނީގެ ސަބަބުން ކުރިމަތިވާ ފެންބޮޑުވުމެވެ. އުދައަރަނީ ވައިގެ ޕްރެޝަރ ދަށްވުމުގެ ސަބަބުން ކަނޑު އުދަބާނިތައް އުފުލުމުގެ ސަބަބުންނެވެ.
އުދައަރާ ފެންބޮޑުވާ ސަބަބުތައް
ކޮޅިގަނޑުގެ ސަބަބުން އަރާ އުދަ: ކޮޅިގަނޑުތަކުގެ ތެރޭގައި ވައި ޕްރެޝަރ ދަށްވުމާއި ބާރުގަދަވައިގެ ސަބަބުން ކަނޑުގެ ސަތަހަ ކުއްލިއަކަށް އުފުލުން.
ވައިގެ ބާރުމިން އަދި މިސްރާބު: ގިނަދުވަސްތަކަކަށް ދެމިގެންދާ ބާރު ވައި ސަބަބުން އުދަބާނިތައް ރާއްޖެއާއި ކައިރިއަށް ދަތުރުކުރުން
ބޮޑު ދިޔަ: ދިޔަވަރު އެންމެ ބޮޑުވާ ދުވަސްވަރާއި އުދަބާނިތައް އުފެދިފައިވާ ވަގުތުތަކާއި ދިމާވުމުގެ ސަބަބުން އުދަ އެރުމުގެ ފުރުޞަތު ބޮޑުވުން
ބިންތިރި ވުން: ކަނޑުގެ ސަތަހައަށް ވުރެ ގޮނޑުދޮށްތަކާއި ރަށުގެ ބިންތިރިވުމުންނާއި ތިލަ ފަޅުތަކުގެ ސަބަބުން އުދައެރުމުގެ ފުރުޞަތު ބޮޑުވުން
އިންސާނީ އަމަލުތަކުގެ އަސަރު: ފަރުން ގާނެގުމާއި، ގޮނޑުދޮށުން ވެލި ނެގުން އަދި ގޮނޑުދޮށުގައި ހަދާ ފެންވަރު ދަށް ބިނާތަކުގެ ސަބަބުން އުދައެރުމަށް މަގުފަހިކޮށްދޭ.
އުދައަރިގެން ލިބޭ ގެއްލުންތައް
އުމްރާނީ ވަޞީލަތްތަކަށް ގެއްލުންވުން: މަގުތަކާއި، ބަނދަރުތަކާއި، ގޭގެއާއި، އަސާސީ ޚިދުމަތްތައްދޭ ތަންތަނަށް ލޮނުވަދެ ފެންބޮޑުވުން.
ބޯފެން ތަޣައްޔަރުވުން: ބިމުގެ ތެރޭގައި ހުންނަ ފެނަށް ލޮނުފެން ވަނުމުގެ ސަބަބުން ފެންވަޅުތައް ލޮނުވުން. އަދި ވާރޭފެން ރައްކާކުރާ ޓޭންކުތަކައް ލޮނުވަދެ ބޭނުންކުރުމަށް ރައްކާތެރިނުވުން.
ދިރިއުޅުމަށް ބުރޫއެރުން: ފެންބޮޑުވުމުގެ ސަބަބުން މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ދަނޑުވެރިކަމަށް ބުރޫއަރުން.
ސިއްޙީ ނުރައްކާތައް: ހަރުލާފައި ހުންނަ ފެންގަނޑުތަކުގެ ސަބަބުން ފެނުގެ ސަބަބުން ޖެހޭ ބަލިތައް ފެތުރުމުގެ ފުރުޞަތު ބޮޑުވުން.
ގުދުރަތީ ނިޒާމުތަކަށް ގެއްލުންވުން: ފަރުތަކާއި، ކުޅިތަކާއި، ގޮނޑުދޮށްތައް ގިރުމާއި އެސަރަޙައްދުގައި ހުންނަ ދިރޭތަކެތީގެ މާހައުލަށް ގެއްލުންތައް ކުރިމަތިވުން.
އުދައަރާފާނެ ކަމުގެ ތަބީޢީ ނިޝާންތައް
ކޮޅިގަނޑުތަކުގެ ތެރޭގައި ބޮޑުދިޔަ ނުވަތަ ކަނޑުގެ ސަތަހަ ކުއްލިއަކަށް އުފުލުން.
އާދަޔާ ޚިލާފު މިސްރާބުތަކުން ގަދަވައި ޖެހުން.
މޯލްޑިވްސް މީޓިއަރޮލޮޖިކަލް ސާރވިސް (މެޓް އޮފީސް) އިން ނެރޭ މޫސުމީ އެލަރޓްތަކާއި ތޫފާނުގެ އިންޒާރުތައް.
އާދަޔާ ޚިލާފު ރާޅުތަކުގެ ހަރަކާތްތައް ނުވަތަ ގޮނޑުދޮށް ރައްކާތެރިކުރުމަށް ހަދާ ހަރުކޮށީގެ މައްޗަށް ރާޅު އަރައިގަތުން.
އުދައެރުމުގެ ކުރިން: ތައްޔާރުވުން
ފެންބޮޑުވުމުގެ ތެރޭގައި: ސަލާމަތްތެރިކަމާއެކު ހުރުން
ފެންބޮޑުވުމުގެ ފަހުން: ސަމާލުކަމުގައި ހުރުން
ދެހެހެއްޓެނިވި ވިލުންތެރިކަން ހާސިލުކުރުން

