ފެނުގެ ޚިދުމަތް މެދުކެނޑުމަކީ ކޮބާ؟
ފެނުގެ ޚިދުމަތް މެދުކެނޑުން ކަމަށް ބުނެވެނީ، ގޭބިސީތަކަށާއި، ސިނާޢީ ނުވަތަ އިޤްތިޞާދީ ބޭނުންތަކަށް ރައްކާތެރި އަދި ބޯންކަމުދާ ފެން ފޯރުކޮށްދިނުމަށް ހުރަސްއެޅުމަށް ނުވަތަ އެކަން ހުއްޓުމަކަށް އައުމަށެވެ.
ރާއްޖޭގައި ބޯފެނުގެ ގޮތުގައި ބޭނުންކުރަނީ ޑީސެލިނޭޓްކޮށްފައިވާ ފެނާއި، ރައްކާކުރެވޭ ވާރޭފެނާއި، ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނުގެ އިތުރުން، ވަރަށް މަދު މިންވަރަކަށް ފިލްޓަރުކޮށްފައިވާ ވަޅުފެނެވެ. މި ޚިދުމަތް މެދުކެނޑޭ ހާލަތްތަކުގައި، އެކަން މެދުވެރިވި ސަބަބާއި، ބެކަޕް ނިޒާމުތައް ހުރި މިންވަރަށް ބަލައި، މަދު ގަޑިއިރުކޮޅަކުން ފެށިގެން ދުވަސްތަކަކަށް ފެނުގެ ޚިދުމަތް މެދުކެނޑިދާނެއެވެ.
ފެނަކީ ބުއިމަށާއި، ސާފުތާހިރުވުމަށާއި، ޞިއްޙީ ފަރުވާއަށާއި، އަދި އާންމު ދިރިއުޅުމަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. އެހެންކަމުން، ފެނުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން މުޅި ރަށުގެ އާންމު ޞިއްޙަތަށާއި، ނަރުދަމާއަށާއި، އަދި ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވަރަށް އަވަހަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.
ރާއްޖޭގައި ފެނުގެ ނިޒާމު މަސައްކަތްކުރަނީ ކިހިނެއް؟
ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުން، ރާއްޖޭގެ ފެނުގެ ނިޒާމުތައް ބިނާވެފައިވަނީ ވަކިވަކި ރަށްރަށުގެ މައްޗަށެވެ. އެގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފެން އުފެއްދުމާއި ފޯރުކޮށްދިނުމަށް ހިންގަނީ އެރަށަކަށް ޚާއްޞަ ވަކި ނިޒާމެކެވެ. ކުރީގައި މީރުފެން ހޯދަމުން އައީ ބިމުއަޑީގެ ފެންފަށަލައިންނާއި ވާރޭފެން ރައްކާކޮށްގެންނެވެ. ނަމަވެސް، އާބާދީ އިތުރުވުމާއި ވަޅުފެން ތަޣައްޔަރުވުމުގެ ސަބަބުން، މިއަށްވުރެ ރައްކާތެރި އަދި އިތުބާރުހުރި ނިޒާމުތަކަކަށް ވަނީ ބަދަލުކުރަން ފެށިފައެވެ.
މިއަދު، ގިނަ ރަށްރަށުގައި ބަރޯސާވަނީ:
ލޮނުފެން ޑީސެލިނޭތްކުރާ ނިޒާމުތަކަށް (ރިވަރސް އޮސްމޯސިސް).
ގޭބިސީތަކާއި ރަށު ފެންވަރުގައި ވާރޭފެން ރައްކާކުރާ ނިޒާމުތަކަށް.
ގޭބިސީތަކަށް ފެން ފޯރުކޮށްދިނުމަށް ބޭނުންކުރާ ތާނގީތަކާއި ވިއުގަތަކަށް.
ފަހަކަށް އައިސް، މީހުން ދިރިއުޅޭ ގިނަ ރަށްރަށުގައި ލޮނުފެން ޑީސެލިނޭޓްކުރާ ނިޒާމުތައް ވަނީ ޤާއިމުކުރެވިފައެވެ. މީގެ ސަބަބުން ރައްކާތެރި ބޯފެން ލިބުމަށް ވަރަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. އެހެންނަމަވެސް، މިފަދަ ގިނަ ނިޒާމުތައް:
ހިންގަމުންދަނީ ބެކަޕް ނުވަތަ އިތުރު ގޮތްތައް މަދު ހާލަތްތަކުގައެވެ.
ބަރޯސާވަނީ މެދުކެނޑުމެއްނެތި ލިބޭ ކަރަންޓުގެ ޚިދުމަތަށެވެ.
ބިނާވެފައިވަނީ ރާއްޖެއިން ބޭރުން ގެންނަ ސްޕެއަރ ޕާރޓްސްއާއި ފަންނީ މަރާމާތު ކުރުމުގެ މައްޗަށެވެ.
މިކަންކަމުގެ ސަބަބުން، ފަންނީ މައްސަލަތަކަށާއި ބޭރުން ދިމާވާ އެހެނިހެން ހުރަސްތަކަށް މި ނިޒާމުތައް ހުށަހެޅިފައިވާ ނާޒުކުކަން ވަރަށް ބޮޑެވެ.
ފެނުގެ ޚިދުމަތް މެދުކެނޑުމަކީ އިތުރުވަމުންދާ ހިރާސްއަކަށް ވަނީ ކީއްވެ؟
އާބާދީ އިތުރުވުމާއި، ޚާއްޞަކޮށް މާލެ ސަރަޙައްދާއި އަތޮޅުތަކުގެ މައި ރަށްތަކަށް މީހުން ހިޖުރަކުރުން އިތުރުވުމުންނާއި ފަތުރުވެރިކަމާއި އިޤްތިޞާދީ ހަރަކާތްތައް ފުޅާވުމުގެ ސަބަބުން، ރާއްޖޭގައި ފެނަށް އޮންނަ ޑިމާންޑް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި ނިޒާމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ތެރޭގައި ހިމެނެނީ:
ހަކަތަ ގިނައިން ބޭނުންކުރާ ލޮނުފެން ޑީސެލިނޭޓްކުރާ ނިޒާމުތަކަށް އޮންނަ ބަރޯސާ ބޮޑުވުން.
ފެނުގެ ނިޒާމު ހިންގުމަށް ކަރަންޓާއި ތެލަށް ބަރޯސާވާންޖެހުން.
ކުދި ރަށްރަށުގައި ފެން ރައްކާކުރެވޭ މިންވަރު މަދުވުން.
މެޝިނަރީއާއި ސްޕެއަރ ޕާރޓްސްއަށް ބޭރު ޤައުމުތަކަށް ބަރޯސާވާންޖެހުން.
ރަށްރަށަށް ފެނާއި ސާމާނު އުފުލުމުގައި ހުރި ޖިއޮގްރަފީގެ ގޮންޖެހުންތައް.
މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި ކަންކަން ކަމުގައިވާ، ދިގުމުއްދަތަކަށް ވާރޭނުވެހި ދިއުމާއި، ބޯކޮށް ވާރޭވެހުމާއި، ފެންބޮޑުވުމާއި، އަދި ފެންފަށަލައަށް ލޮނު ވަދެ ތަޣައްޔަރުވުން ފަދަ ކަންކަމުގެ ސަބަބުން ނާޒުކުކަން އިތުރަށް ބޮޑުވެއެވެ. މި ހުރިހާ ކަމެއް އެކުވުމުން، ފަންނީ މައްސަލަތަކަށާއި ދިމާވާ އެކި ކާރިސާތަކަށް ފެނުގެ ނިޒާމުތައް ހުށަހެޅިފައިވާ މިންވަރު ދަނީ އިތުރުވަމުންނެވެ.
ފެނުގެ ޚިދުމަތް މެދުކެނޑެން މެދުވެރިވަނީ ކޮން ކަންތައްތަކަކާ ގުޅިގެން؟
ރާއްޖޭގައި ފެނުގެ ޚިދުމަތް މެދުކެނޑެން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި:
ގިނަ ރަށްރަށުގައި ބެކަޕް ނިޒާމެއް ނެތި ފެން ފޯރުކޮށްދެމުންދާތީ، އެންމެ މެޝިނަކަށް ދިމާވާ މައްސަލައެއްގެ ސަބަބުންވެސް މުޅި ރަށުން ފެން ކަނޑައިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

2014 ވަނަ އަހަރު މާލެއަށް ދިމާވި ފެނުގެ ކާރިސާގައި ކުއްލި ހާލަތުގައި ފެން ފޯރުކޮށްދިނުން | ފޮޓޯ: އެން.ޑީ.އެމް.އޭ)

2014 ވަނަ އަހަރު މާލެއަށް ދިމާވި ފެނުގެ ކާރިސާގައި ކުއްލި ހާލަތުގައި ފެން ފޯރުކޮށްދިނުން | ފޮޓޯ: އެން.ޑީ.އެމް.އޭ)

2014 ވަނަ އަހަރު މާލެއަށް ދިމާވި ފެނުގެ ކާރިސާގައި ކުއްލި ހާލަތުގައި ފެން ފޯރުކޮށްދިނުން | (ފޮޓޯ: އެން.ޑީ.އެމް.އޭ)
ފެނުގެ ޚިދުމަތް މެދުކެނޑުމުން ކޮށްފާނެ އަސަރުތަކަކީ ކޮބާ؟
ފެނުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ފުޅާ ދާއިރާއެއްގައި އަދި އެއްކަމަކުން އަނެއްކަމަކަށް ގުޅިފައިވާ އަސަރުތަކެއް ކޮށްފާނެއެވެ
މި ޚިދުމަތް މެދުކެނޑިފައިވާ މުއްދަތު ދިގުލައިގެން ހިނގައްޖެނަމަ، ދިމާވެދާނެ އިތުރު ކަންކަމުގެ ތެރޭގައި:
އާންމުންގެ މެދުގައި ހާސްކަން އުފެދި، ކަމާބެހޭ ފަރާތްތަކަށް ޕްރެޝަރު ބޮޑުވުން.
ޕްލާސްޓިކް ކުނީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް އިތުރުވުން.
ފެނުގެ ނިޒާމުތަކަކީ ކަރަންޓާއި ނަރުދަމާ ނިޒާމުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ނިޒާމުތަކަކަށް ވާތީ، ޚިދުމަތް މެދުކެނޑުމުގެ ސަބަބުން އެހެނިހެން އަރައްކާތަކުގެ އަސަރު ވަރަށް އަވަހަށް އިތުރުވެގެންދެއެވެ.
ތައްޔާރުވެ ތިބުމާއި ނިޒާމުތައް ވަރުގަދަކުރުމުގެ ތެރެއިން ހިރާސް ކުޑަކުރުން
ރާއްޖޭގައި ފެނުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ޞިއްޙަތަށާއި، ދިރިއުޅުމުގެ ކަންކަމަށާއި، އަދި ޒަރޫރީ ޚިދުމަތްތަކަށް ސީދާ އަސަރުތަކެއް ކުރެއެވެ. ކާރިސީ ރިސްކު ކުޑަކުރުން ބިނާވެފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށެވެ:
ފެނުގެ އުމްރާނީ ވަސީލަތްތައް ވަރުގަދަކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުން.
ނިޒާމުގެ ބެކަޕް އަދި ރިޑަންޑަންސީ އިތުރުކުރުން.
ފެން ރައްކާކުރާ މިންވަރާއި ވާރޭފެން ނަގާ ނިޒާމުތައް ފުޅާކުރުން.
މަރާމާތުކުރުމާއި ފަންނީ ޤާބިލުކަން އިތުރުކުރުން.
އެންމެ ވަސީލަތަކަށް ބަރޯސާވެފައިވާ ފެނުގެ ނިޒާމުތަކަށް އޮންނަ ބަރޯސާ ކުޑަކުރުން.
ކުއްލި ހާލަތުގައި ފެން ފޯރުކޮށްދިނުމާއި ބެހުމުގެ ރޭވުންތައް ވަރުގަދަކުރުން.
ގޭބިސީގެ ފެންވަރުގައި، ތައްޔާރުވެ ތިބުމުގެ ތެރޭގައި ހިމެނެނީ:
ކުއްލި ހާލަތުގައި ބޭނުންކުރުމަށް ފެން ރައްކާކޮށްފައި ބެހެއްޓުން.
ފެން މަދު ހާލަތްތަކުގައި ފެން އިސްރާފު ނުކޮށް ބޭނުންކުރުން.
ފެނުގެ ރައްކާތެރިކަމާއި ބޭނުންކުރުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުން.
ރަށްރަށުގެ މުޖުތަމަޢުތަކުގައި ފެނުގެ ޔަޤީންކަން ކަށަވަރުކުރުމަށާއި ވިލުންތެރިކަން އިތުރުކުރުމަށްޓަކައި، ގޭބިސީތަކުން ތައްޔާރުވެ ތިބުމާއެކު ނިޒާމީ ފެންވަރެއްގައި ހެޔޮ ބަދަލުތަކެއް ގެނައުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
