އަލިފާން ރޯވުމުގެ ހާދިސާއަކީ ކޮބާ؟
ދިވެހިރާއްޖޭގެ ކޮންމެ ތަނެއްގައި ވެސް އަލިފާން ރޯވުމުގެ ހާދިސާ ކުރިމަތިވެދާނެއެވެ. އަލިފާން ރޯވާ ތަނާއި ރޯވި ތަކެތީގެ މައްޗަށް ބިނާކޮށް މި ހާދިސާތައް ގިންތިކުރެވެއެވެ. އަލިފާން ރޯވުމުގެ ހާދިސާތައް އާއްމުކޮށް ބައިކުރެވެނީ އިމާރާތްތަކުގައި ރޯވާ އަލިފާނާއި، ސިނާޢަތްތަކުގައި ރޯވާ އަލިފާނާއި، ވައު އަދި ގަސްގަހާގެހިގައި ރޯވުމުގެ އަލިފާނާއި، ފަތުރުވެރިކަން ކުރާ ރިސޯޓުތަކުގައި ރޯވާ އަލިފާނުގެ ގޮތުގައެވެ.
ކޮންމެ ބާވަތެއްގެ އަލިފާނުގެ ހާދިސާއަކުންވެސް މީހުންނާއި، މުދަލާއި، ތިމާވެއްޓަށް ގެއްލުންވެއެވެ. މި ތަފާތުތައް ދެނެގަތުމަކީ، ކުއްލި ހާލަތުގައި އިޖާބަދޭ ފަރާތްތަކަށާއި، ރަށު ކައުންސިލުތަކަށާއި، ރައްޔިތުންނަށް އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އިޖާބަދޭނެ ގޮތްތައް ބޭނުންކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ދިވެހިރާއްޖޭގައި ހިނގާ އަލިފާނުގެ ހާދިސާތައް
ދިވެހިރާއްޖޭގެ އާބާދީ ބޮޑު ސިޓީތަކުގަޔާއި، ރަށްރަށުގައި ވެސް އަލިފާން ރޯވުމުގެ ހާދިސާތައް ރެކޯޑުކުރެވިފައިވެއެވެ. މީހުންދިރިއުޅޭ ސަރަޙައްދުތަކުގައި އާއްމުކޮށް ރޯވަނީ ސިޓީތަކުގެ ތޮއްޖެހިފައިވާ ސަރަޙައްދުތަކުގެ ގޭބިސީތަކުގައެވެ. މީގެ އިތުރުން ރަށްރަށުގެ ގަސްބޯ ސަރަޙައްދުތަކުގައި ހޫނުގަދަ މޫސުންތަކުގައި އަލިފާން ރޯވުމުގެ ޙާދިސާތައް މަދުމަދުންނަމަވެސް ހިނގައެވެ.
ދިވެހި ސިފައިން(އެމް.އެން.ޑީ.އެފް)ގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ގައުމީ ފެންވަރުގައި އަލިފާން ނިއްވުމާއި، އެކަމަށް އިޖާބަދިނުމުގެ މަސައްކަތް ކުރިއަށް ގެންދެއެވެ. މި މަސައްކަތުގައި ރަށު ކައުންސިލުތަކާއި، މުޖުތަމަޢުގެ ދަރުމަވެރިންގެ އެހީތެރިކަން ލިބެއެވެ.

މާލެ ސިޓީގައި މީހުންދިރިއުޅޭ އުސްއިމާރާތެއްގައި ހިނގި އަލިފާން ނިއްވުމަށް އެމް.އެން.ޑީ.އެފް އިން އިޖާބަދެނީ

މާލެސިޓީގެ ބައު ސާމާނު ވިއްކާ ސަރަހައްދުގައި ހިނގި ބޮޑު އަލިފާނުގެ ޙާދިސާ

2024 ވަނަ އަހަރު ހައުސިން މިނިސްޓްރީ އަދި ގްރީން ބިލްޑިންގުގައި ހިނގި ގްރީން ބިލްޑިންގްގެ އަލިފާނުގެ ހާދިސާއަށް އެމް.އެން.ޑީ.އެފް އިން އިޖާބަދިނުން

2018 ވަނަ އަހަރު ނިޔާމަ ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާ

އައްޑޫ ސިޓީގެ ވަލުގައި ރޯވުމުގެ އަލިފާނުގެ ޙާދިސާ
އަލިފާން ރޯވުމަށް މެދުވެރިވާ ސަބަބުތައް
އަލިފާނުގެ ހާދިސާތައް އެންމެ ކަމަކާއި ހެދިވެސް ފެށިދާނެއެވެ. އެހެންނަމަވެސް ގިނަ ފަހަރު މި ހާދިސާތައް ކުރިމަތިވަނީ އިންސާނީ، ފަންނީ، އަދި ތިމާވެށީގެ އެކި ކަންތައްތައް އެއްވެ އެއްކޮށް ދިމާވުމުގެ ސަބަބުންނެވެ. ޢާންމުކޮށް އަލިފާން ރޯވުމަށް ދިމާވާ ސަބަބުތަކަކީ:
ކަރަންޓުގެ މައްސަލަތައް: ހަލާކުވެފައިވާ ކަރަންޓުގެ ވައިރުތައް، ސަރކިޓުތައް އޯވަރލޯޑުވުން ނުވަތަ ކަރަންޓު ބޯޑުތަކާއި ވަޔަރުތައް ރަނގަޅަށް ބެލެހެއްޓިފައިނުވުން.
ހުޅުވައިލެވިފައިވާ އަލިފާނާއި ހޫނުގެ ވަސީލަތްތައް: ކައްކާއުދާފައި ހަނދާންނެތުން ނުވަތަ ސަމާލުކަން ނުދެވުން. ފަރުވާކުޑަކޮށް ވެލްޑިންގ ކުރުން އަދި ސިގިރޭޓުބުއިން މަނާ ތަންތަނުގައި ދުންފަތުގެ އިސްިއުމާލުކުރުން
އަލިފާންނިއްވި(ފަޔަރ އެކްސްޓިންގުއިޝަރ) އަދި އަލިފާން ނިއްވުމަށް ބޭނުންކުރާ އެހެނިހެން ތަކެތި ދުރާލާ ހޯދައިފައި ނެތުން: އެހެންކަމުން އަލިފާން ރޯވާ ހާލަތްތަކުގައި އަލިފާން ނިއްވާނެ ގޮތްތައް ނެތުން
ސިނާއަތްތަކާއި ގުޅުންހުރި މައްސަލަތައް: ހަލާކުވެފައިވާ ޖަނަރޭޓަރު އަދި މެޝިނަރީ ބޭނުންކުރުން. ތެޔޮ ލީކުވުން އަދި ފަރުވާކުޑަކޮށް އަލިފާން ގެންގުޅުން
ނުރައްކާތެރިކޮށް ކުނި އެންދުން: އިމާރާތްތަކުގެ ކައިރީގައި ނުވަތަ ހިކި ސަރަޙައްދުތަކުގައި ކުނި ނުވަތަ ގަސްގަހާގެހި އެންދުން.
ތޮއްޖެހިފައިވާ ބިނާވެށިތައް: މީހުންދިރިއުޅޭ ގެތައް ކައިރިކައިރީގައި ހުރުމުގެ ސަބަބުން އަލިފާން ފެތުރުމުގެ ފުރުސަތު ބޮޑުވުން.
އިޖާބަދިނުން ލަސްވުން: ބައެއް ރަށްރަށުގައި އަލިފާން ނިއްވުމުގެ ޤާބިލުކަން މަދުވުން ނުވަތަ ހާދިސާތައް ރިޕޯޓުކުރުން ލަސްވުން.
އަލިފާން ރޯވުމުގެ ހާދިސާތަކުގެ އަސަރުތައް
އަލިފާން ރޯވުމުގެ ހާދިސާތަކުގެ ސަބަބުން އިންސާނުންނަށް، އިޤްތިޞާދަށް، އަދި ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެއެވެ. އަލިފާން ރޯވުމުގެ ހާދިސާތަކުގެ ސަބަބުން އަންނިވި އަސަރުތައް ކުރެއެވެ. އެއީ:
ތައްޔާރުކަން އިތުރުކުރުމަށް އަޅާނެ ފިޔަވަޅުތައް
އަލިފާން ރޯވުމުގެ ކުރިން
އަލިފާން ރޯވެފައިވާ ވަގުތު
އަލިފާން ރޯވުމަށް ފަހު
ކަމާބެހޭ ފަރާތްތަކުން ހުއްދަ ދިނުމުން ނޫނީ އަލިފާނުގެ އަސަރުކުރި އިމާރާތްތަކަށް އަލުން ނުވަނުން.
ގޭސް ލައިންތަކާއި ކަރަންޓު ވައިރު ފަދަ ހަލާކުވެފައިވާ ވަޞީލަތްތައް ރިޕޯޓުކުރުން.
އަސަރުކޮށްފައިވާ އާއިލާތަކަށާއި އަވަށްޓެރިންނަށް އެހީތެރިވުން.
ސާފުކުރުމާއި އިޔާދަވުމުގެ މަސައްކަތުގައި ރަށު ކައުންސިލުތަކާއި އިޖާބަދޭ ޓީމުތަކަށް އެއްބާރުލުން ދިނުން.
ތައްޔާރުކަން އިތުރުކޮށް ރައްކާތެރިކަން ކަށަވަރުކުރުން
އަލިފާން ރޯވުމުގެ ހާދިސާތަކުން ރައްކާތެރިވެވިދާނެއެވެ. ހޭލުންތެރިކަމާއި، އަވަހަށް ފިޔަވަޅު އެޅުމާއި، އަދި އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތަކާއެކު، ފަރުދުންނާއި، އާއިލާތަކާއި، ވިޔަފާރިތަކަށް އަލިފާން ރޯވުމުގެ ރިސްކު ވަރަށް ބޮޑަށް ކުޑަކުރެވޭނެއެވެ.
ތައްޔާރުވުމާއި، އަދި ރަސްމީ އިދާރާތަކަށް އެއްބާރުލުން ދިނުމަކީ، އަވަހަށް އިޖާބަދިނުމަށާއި، އިޔާދަވުމަށް އެހީތެރިވެދޭނެ ކަމެކެވެ.